އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ހަލީލް މިހެން ވިދާޅުވީ އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ހާރިޖީ ވަޒީރު، މާކޯ ރޫބިއޯއަށް ފޮނުއްވި މެސެޖެއްގަ އެވެ.
މި މެސެޖުގައި ހަލީލު ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި ވަޒީރުގެ އަމިއްލަ ނަމުގައި، އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަޒީރު މާކޯ އާއި އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެއް ކަމަށާއި އެހެންކަމުން، އުންމީދަކީ ކުރިއަށް އޮތްތަނުގައި ވެސް މިގުޅުން އިތުރަށް ބަދަހިވެގެންދިޔުން ކަމަށް ހަލީލު ވިދާޅުވި އެވެ.
މީގެއިތުރުން އެމެރިކާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އެދޭ ކަމަށް ވެސް މެސެޖުގައި ވިދާޅުވެފައިވެ އެވެ.