Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޗައިނާގެ އާޓް އެގްބިޝަނަކަށް ހުޅުވާލައިފި

ޗައިނާގައި ބާއްވާ އާޓް އެގްޒިބިޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އާޓިސްޓުންނަށް ހުޅުވާލައިފި އެވެ.

ނެޝަނަލް ސެންޓަ ފޯ ދި އާޓްސް އެންސީއޭ އިން ބުނީ މި އެގްޒިބިޝަނަކީ މި އަހަރު ޑިސެމްބަރު މަހުގެ 31 އިން އަންނަ އަހަރުގެ ފެބްރުއަރީ 1 އަށް ބެއިޖިން އެގްޒިބިޝަން ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، "10 ވަނަ ބެއިޖިން އިންޓަނޭޝަނަލް އާޓް ބައިނެލް" ކަމަށެވެ.

މީގައި ބައިވެރިވާން ރާއްޖެ އަށް ލިބިފައިވާތީ ޝައުގުވެރިވާ ދިވެހި އާޓިސްޓުނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 31 އާ ހަމައަށެވެ. ބައިވެރިވާން ހުށަހަޅާނީ މި މެއިލްތައް [email protected]، [email protected] މެދުވެރިކޮށެވެ.

އެގްޒިބިޝަނާ ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.

މި އެގްޒިބިޝަނަކީ ޗައިނާ އާޓިސްޓްސް އެސޯސިއޭޝަން އާއި ބެއިޖިން މުނިސިޕަލް ކޮމިޓީން އިންތިޒާމްކުރާ އެގްޒިބިޝަނެކެވެ.