Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އަނެއްކާ ވެސް ޓްރާންސްފޯމަރަކުން ވައްކަންކޮށްފި

ޓްރާންސްފޯމަކުން ކަރަންޓް ނަރުތަކެއް ބުރިކޮށް ވަގަށް ނެގި މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

މާލެ ސަރަހައްދުގެ ޓްރާންސްޕޯމަރުތަކުން ވައްކަން ކުރުން މި ފަހުންނ ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މި ފަހަރު ވައްކަންކޮށްފައި ވަނީ މާލޭގެ ދަރުބާރުގޭގެ ގޯތިތެރޭގައި ހުންނަ ޓްރާންސްފޯމަރަކުންނެވެ. އެތަނުން ކަރަންޓު ނަރު ބުރިކޮށް ވަގަށް ގެންދިޔަ މައްސަލައިފައި ހައްޔަރުކޮށްފައި ވަނީ އައްޑޫ ހިތަދު އަށް ނިސްބަތްވާ ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ބުރާސްފަތި ދުވަހު ގެންދިއުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

ބަންދު އަމުރުގައިވާ ގޮތުން ވައްކަންކުރި މީހާ އަކީ ކުރިން ވެސް ތަކުރާރުކޮށް އެ ބާވަތުގެ ކުށްތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.

ޓްރާންސްފޯމަރުތަކުން ވައްކަން ކުރުން އާންމުވެފައިވާ އިރު، ހުޅުމާލޭގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަރުވެފައިވެ އެވެ.