Last Updated: July 6, 06:23
Sunday, July 6, 2025
ކުޅިވަރު

ޕާޓޭގެ މައްޗަށް ރޭޕްގެ ދައުވާތަކެއް އުފުލައިފި

އާސެނަލް އަށް ކުޅެފައިވާ ތޯމަސް ޕާޓޭގެ މައްޗަށް ރޭޕްގެ ދައުވާތަކެއް އުފުލައިފި އެވެ.

އޭނަގެ މައްޗަށް ތިން އަންހެނަކުކޮށްފައިވާ ރޭޕްގެ ތުހުމަތާ ގުޅިގެން ރޭޕްގެ ފަސް ދައުވާ އަށް އުފުލާފައިވެ އެވެ. އެއީ އޭގެ ތެރެއިން އެކަކު ތިން ފަހަރެއްގެ މަތިން އަނެއް ދެ މީހުން ރޭޕްކުރިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. ގާނާ އަށް އުފަން 32 އަހަރުގެ ޕާޓޭ. އެ ތިން މީހުން ރޭޕްކޮށްފައި ވަނީ 2021-2022 ގެ ތެރޭގައި ކަމަށް ބުނެފައިވެ އެވެ.

ދައުވާތަކަށް ޕާޓޭ އިންކާރުކޮށްފައިވާ އިރު، އޭނަގެ ވަކީލު ވިދާޅުވީ ޝަރީއަތަށް ޕާޓޭ އެއްބާރުލުންދީ އޭނަގެ ކުށެއް ނެތްކަން ސާބިތުކޮށް ދޭނެ ކަމަށެވެ.

ޕާޓޭގެ މައްޗަށް ރޭޕްގެ ދައުވާތަކެއް އުފުލި އިރު، 2020 އިން ފެށިގެން އާސެނަލް އަށް ކުޅެމުން އައި ކުޅުންތެރިޔާގެ ކޮންޓްރެކްޓް ވަނީ މިދިޔަ މަހުގެ 30 އަށް ހަމަވެފަ އެވެ. އާސެނަލްއާ ޕާޓޭ ގުޅުނީ އެޓްލެޓިކޯ މެޑްރިޑަށް ކުޅުމަށް ފަހު އެވެ.