ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ އެއިރޯބްރިޖް، ޕަސިންޖާ ބޯޑިން ބްރިޖު އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީންކޮށްފި އެވެ.
އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި އެއިރޯބްރިޖު އޮޕަރޭޓް ކުރަން 46 މުވައްޒަފުން ތަމްރީންކޮށްފައިވެ އެވެ.
އޭގެ ތެރެއިން ބައެއް މުވައްޒަފުން ތަމްރީންކުރީ ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ.
އެއިރޯބްރިޖް ބޭނުން ކުރަން ފެށުމުން ފަސިންޖަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކަށް ވާނީ ޓާމިނަލް ތެރެއިން އެއިރޯބްރިޖަށް އަރައި، ސީދާ ބޯޓަށް އެރޭ ގޮތްވުން ކަމަށް އެމްއޭއޭސީއެލުން ބުންޏެވެ.
ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް މި މަހުގެ 26 ގައި ހުޅުވަން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
މި ޓަމިނަލް ހުޅުވުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.