Last Updated: July 6, 09:17
Sunday, July 6, 2025
ދުނިޔެ

ސްވިޑްންގެ ގޭންގް ލީޑަރަކު ތުރުކީން ހައްޔަރުކޮށްފި

ސްވިޑްންޑްގެ އެންމެ ނުރައްކާތެރި ގޭންގް ލީޑަރުންގެ ތެރޭގައި ހިމެނޭ އިސްމާއީލް އަބްދޯ ތުރުކީން ހައްޔަރުކޮށްފި އެވެެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަނަމަކަށް "ދަ ސްޓްރޯބެރީ" ކިޔާ 35 އަހަރުގެ ގޭންޑް ލީޑަރު ހައްޔަރުކުރީ އިއްޔެ އެވެ.

"ރޫމްބާ" ކިޔާ ގޭންގްގެ ލީޑަރު ތުރުކީން ހައްޔަރުކުރި އިރު އޭނަ އަކީ ތުރުކީގެ ރަށްވެހިކަން ވެސް އޮންނަ މީހެކެވެ. މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ގިނަ ދައުވާތަކެއް ވެސް އުފުލާފައިވާ އިސްމާއީލް ތުރުކީން ހައްޔަރުކުރީ އޭނަ ހޯދަން ސްވިޑްއިން މިދިޔަ އަހަރުން ފެށިގެން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ވެސް ނެރެފައި ވަނިކޮށެވެ.

މީޑިއާތަކުން ބުނި ގޮތުގައި އިސްމާއީލް އަތުލައިގަތީ ތުރުކީ ފުލުހުން ހިންގި މަސްތުވާތަކެެއްޗާ ގުޅޭ ހާއްސަ ރެއިޑް އޮޕަރޭޝަނެއްގެ ތެރޭގަ އެވެ. އެ އޮޮޕަރޭޝަންގައި އޭނަ ހިމެނޭހެން 19 މީހަކު ހައްޔަރުކޮށްފައިވާ އިރު، އެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ޓަނަކަށް ވުރެ ގިނަ އެވެ.