މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި އެވެ.
ހިދުމަތް ހޯދާ މީހުންނަށް ލުއި ފަސޭހަ ކުރުމުގެ މަގުސަދުގައި ތައާރަފުކުރި ހޮޓްލައިނަކީ 7333645 އެވެ.
އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށާއި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.
— Maldivian Blood Services (@MBS_mv) July 5, 2025
ހުކުރު ދުވަސް ފިޔަވައ ހަފުތާގެ އެހެން ހުރިހާ ދުވަހެއްގައި އެމްބީއެސްގެ ހިދުމަތް ލިބޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުން އޮންނަނީ ހެނދުނު 8:00 އިން ރޭގަނޑު 8:30 އަށެވެ. އަދި ތެލަސީމިއާ އަށް ސްކްރީން ކުރުން އޮންނަނީ ހެނދުނު 8:30 އިން މެންދުރު ފަހު 01:00 އަށެވެ. އަދި ހެނދުނު 8:00 އާއި އިރާކޮޅު 19:45 އާ ދެެމެދު ލޭ ހަދިޔާ ކުރެވޭނެ އެވެ.
ތެލަސީމިއާ ސެންޓަރާ އެކު އެމްބީއެސް މިހާރު ހިންގަމުން އަންނަނީ ހުޅުމާލޭގެ އޮރެންޖް ހިޔާގަ އެވެ.