Last Updated: July 6, 17:28
Sunday, July 6, 2025
ޚަބަރު

ސަޓާ އެވޯޑް ސެޕްޓެމްބަރުގައި

މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) އެވޯޑްސް ސެޕްޓެމްބަރުގައި ބާއްވަން ނިންމައިފި އެވެ.

މި އެވޯޑްގެސް 9 ވަނަ އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 19 އާއި 20 އަށް ސްރީ ލަންކާގަ އެވެ.

މިއަހަރުގެ ސާޓާ އެވޯޑުސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 6 ގައުމަކުން ވާދަކުރާނެ އެވެ. އެވޯޑަށް ކުރިމަތިލާން ހުޅުވައިލީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި އެކަމަށް ދިން ސުންގަޑި ހަމަވީ މާޗް 15 އަށެވެ.

މި އަހަރުގެ އެވޯޑަށް 500 އަށް ވުރެ ގިނަ ނޮމިނޭޝަންސް ލިބިފައިވާ އިރު، ސާޓަ އެވޯޑް ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 18 އޮގަނައިޒޭޝަނަކުން އެންޑޯޒްކޮށްފައިވެ އެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައި ރައިޒް މޯލްޑިވްސް އިން އިންތިޒާމުކުރާ ސަޓާ އެވޯޑް ދެމުން އަންނަނީ 2016 އިން ފެށިގެންނެވެ.

މި އެވޯޑްސް އަށް ރާއްޖެއާ އެކީ ވާދަކުރާ ގައުމުތަކުގެ ތެރޭގައި ލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި އިންޑިއާ ހިމެނެ އެވެ.

މިދިޔަ އަހަރުގެ ސަޓާ އެވޯޑް ބޭއްވީ ނޭޕާލްގެ ވެރިރަށް، ކަތަމަންޑޫގަ އެވެ. އެ އެވޯޑްގައި ރާއްޖެއިން 30 އެވޯޑެއް ހޯދި އެވެ. އޭގެ ތެރޭގައި ވިޒިޓާސް ޗޮއިސްގެ "ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑް ވެސް ހިމެނެ އެވެ. މިދިޔަ އަހަރު ރާއްޖެއިން 15 ގޯލްޑް އެވޯޑާއި 14 ސިލްވާ އެވޯޑް ހާސިލުކުރި އެވެ.