Last Updated: July 7, 12:00
Monday, July 7, 2025
ޚަބަރު

ފުވައްމުލައް ވިމެންސް ޓީ10 ކްރިކެޓް ކަޕް ފަށައިފި

ފުވައްމުލަކުގައި ބާއްވާ "އެޗްއޭއެސް ފުވައްމުލައް ވިމެންސް ޓީ10 ކުރިކެޓް ކަޕް" އިއްޔެ ފަށައިފި އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި 5 ޓީމަކުން ވާދަކުރަމުންނެވެ. އެއީ ފަތްމިނި، ހަބޭސް، ކަމަނަ، ކުރި ހިތްވަރު އަދި ރަނިންއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މުބާރާތް ކުރިއަށް ދަނީ ފުވައްމުލަކުގެ ދެ ޕިޗެއްގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭ ގޮތަށެވެ. މުބާރާތުގައި ޖުމްލަ 11 މެޗު ކުޅުމަށ ހަމަޖެހިފައިވެ އެވެ. ފަސްދޮޅަށް ފަސް ބައިވެރިންނާ އެކު މި މުބާރާތް ކުރިއަށް ގެންދަނީ ހާފިޒް އަހުމަދު ސްކޫލާ ގުޅިގެންނެވެ.

ސީބީއެމުން ބުނީ މުބާރާތް ކުރިއަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ.