Last Updated: July 6, 15:05
Sunday, July 6, 2025
ޚަބަރު

ބީސީސީ އަށް 8 އަހަރު، މަގުސަދު ހާސިލުވޭ

ރާއްޖޭގައި މިހާރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއެއް ކަމަށާއި އެކަމަށްޓަކައި ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ކުރަމުން އަންނަނީ ފާހަގަކޮށްލެވޭ ފަދަ މުހިއްމު މަސައްކަތެއް ކަމަށްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭން އުފެއްދި، ބީސީސީ އަށް 8 އަހަރު ފުރުމާ ގުޅިގެން މަރުހަބާ ވިދާޅުވެ މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކުންފުނި އުފެއްދި މަގުސަދު ފާއިތުވި ހާސިލުވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ރާއްޖެ އަކީ ވިޔަފާރީގެ ރޫހާއި ތަފާތު އެކި ކަހަލަ ވިޔަފާރިތަކަށް ޝައުގުވެރިވާ ޒުވާން ޖީލެއް ވެސް އޮތް ގައުމަކަށްވުމާ އެކު އެފަދަ ފަރާތްތަކަށް މަގު ދައްކަން ބީސީސީން ވަރަށް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަދި މިހާރުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަށް ދޭ ސަމާލުކާއި ކްރިއޭޓިވް އިކޮނޮމީ އަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބީސީސީ އަށް 8 އަހަރު ފުރުނު އިރު، އެތަނުގެ ގޮފިތަކެއް ބައެއް އަތޮޅުތަކުގައި ވެސް ގާއިމުކޮށް އާ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް އަންނަނީ ފޯރުކޮށް ދެމުންނެވެ.