Last Updated: July 7, 12:00
Monday, July 7, 2025
ޚަބަރު

ރާއްޖޭގެ މަހުން ޗައިނާގައި މަސްދަޅު އުފައްދައިފި

ރާއްޖޭގެ މަސް ބޭނުންކޮށްގެން ޗައިނާގައި މަސްދަޅު އުފައްދައިފި އެވެ.

އެ މަސައްކަތްކޮށްފައި ވަނީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ވޭހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޮމްޕެނީ ލިމިޓެޑުންނެވެ. ރާއްޖެ އިން އެ ގައުމަށް ބޭރުކުރި ކަނޑުމަސް ބޭނުންކޮށްގެން މަސްދަޅުގެ އުފައްދާފައި ވަނީ ޗައިނާގެ "ޖިންގްވެއިޑާއޯ" ބްރޭންޑް ޓީމާ ގުޅިގެންނެވެ.

މި މަސްދަޅު ސާމްޕާލްގެ ފުރަތަމަ ބެޗްގެ މަސްދަޅުތަކެއް ޗައިނާފައި ހުންނަވާ ރާއްޖޭގެ ސަފީރު ފަޒީލު ނަޖީބަށް ވެސް އަރުވާފައިވާ އިރު، ޗައިނާ އިން މިކުރި މަސައްކަތް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު މަރުހަބާ ވެސް ވިދާޅުވެފައިވެ އެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޗައިނާ-ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ގެ ސަބަބުން މި ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާ އިން ރާއްޖޭގެ މަސްދަޅު އުފައްދާފައި ވަނީ ދެ ގައުމުން މިހާރު އަމަލު ކުރަމުން އަންނަ ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) ގެ ދަށުން ވެސް ރާއްޖެ އިން ޗައިނާ އަށް ބޭރުކުރާ މަހުން ޑިއުޓީ ވެސް ނެގުން ހުއްޓާފައި ވަނިކޮށް ކަމަށެވެ. އެހެންވެ މިއީ ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

ޝިޔާމު ވިދާޅުވީ މި ކަމަކީ ދެގައުމުގެ ވިޔަފާރީގެ ގުޅުމަށާއި ދެމެހެއްޓެނިވި މަސްވެރިކަމަށް، އަދި ސަރަޙައްދީ އެއްބާރުލުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ރާއްޖެ އިން މައިގަނޑު ގޮތެއްގައި ބޭރަށް އެކްސްޕޯޓްކުރާ ބާވަތަކީ މަހުގެ ބާވަވްތަތެކެވެ.