Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ޑްރަގާއެކު ދިއްދޫން މީހަކު ހައްޔަރުކޮށްފި

ހއ. ދިއްދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލިލީމާގެ / ހއ.ދިއްދޫ، އިރުފާޙު ޝަފީޤު (25އ) އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އިރުފާޙު ޝަފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.