Last Updated: July 13, 17:54
Monday, July 13, 2026
ޚަބަރު

ފުވައްމުލަކުގެ މަޝްހޫރު ޝާކް ޕޮއިންޓު ނެޓްފްލިކްސް އަށް

ފުވައްމުލަކު ސިޓީގެ މަޝްހޫރު "ޝާކް ޕޮއިންޓް" ނެޓްފްލިކްސްގެ ޝޯއެއްގައި ފީޗާކޮށްފި އެވެ.

ފުވައްމުލަކުގެ ޝާކް ޕޮއިންޓް ފީޗާކޮށްފައިވަނީ ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގަ އެވެ.

މި ޝޯގައި ތަޖުރިބާކާރުންގެ ހަތަރު ޓީމަކުން، ކަނޑުގެ ދިރުންތައް އެންމެ ގިނައިން ފެންނަ ހަ ސަރަހައްދެއްގައި އެންމެ ގިނަ ބާވަތްތަކެއްގެ މިޔަރުގެ ފޮޓޯ ނެގުމުގެ ވާދަވެރި މުބާރާތެއް ކުރިއަށްގެންދެ އެވެ. އެ މުބާރާތުން މޮޅުވާ ޓީމަށް 50،000 ޑޮލަރުގެ އިނާމެއް ދެ އެވެ.

މި މުބާރާތުގެ ފުރަތަމަ އެޕިސޯޑުގައި ފެންނަނީ ފުވައްމުލަކުގެ ކަނޑުގެ މާހައުލު ކަމަށްވާއިރު، ފުވައްމުލަކަށް ނިސްބަތްކޮށް ކިޔަނީ "ޝާކް އައިލެންޑް" އެވެ.

ފުވައްމުލަކުގެ ޝާކް ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައިވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ތަނެކެވެ.