ރާއްޖެ އިން ޗައިނާ އަށް އެކްސްޕޯޓްކުރާ ކަނޑު މަހުން މިހާރު އެ ގައުމުގައި ދަސްދަޅު އުފައްދަން ފެށުމުން އެއީ ރާއްޖެ އަށް އޮތް ގެއްލުމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެއްވެސް ޓެކްހަކާ ނުލައި މިހާރު ރާއްޖެ އިން ޗައިނާ އަށް ބޭރުކުރާ ކަނޑުމަހުން މަސްދަޅު އުފައްދަން ފެށީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ވޭހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޮމްޕެނީ ލިމިޓެޑުންނެވެ. އެގޮތުން އެ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ "ޖިންގްވެއިޑާއޯ" ބްރޭންޑް ޓީމާ ގުޅިގެންނެވެ.
ރާއްޖޭގެ މަހުން ޗައިނާގެ މަސްދަޅު އުފައްދަން ފެށުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު އެކަމަށް މަރުހަބާ ވެސް ވިދާޅުވެ، އެކަން ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.
Thrilled to congratulate Weihai QZ Blusea Foods Co. Ltd. and the Jingweidao brand team for successfully producing the first sample batch of canned tuna made from Maldives-caught fish. These samples were presented to the Maldives Ambassador to China, HE Fazeel Najeeb, @MDVinChina.… pic.twitter.com/TrqFhYSE3d
— Ahmed Shiyam (@Shiyamaldives) July 5, 2025
ނަމަވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ މިކަމުން ރާއްޖެ އަށް އުފާވުން ހައްގު ނޫން ކަމަށާއި މިއީޫ ރާއްޖެ އަށް ލިބޭ ގެއްލުމެއް ކަމަށް ބުނަމުންނެވެ.
އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ބޭރަށް ރޯމަސް ފޮނުވުމުގެ ބަދަލުގައި ރާއްޖެ އިން ކުރަންވީ ކަމަކީ މަސް ޕްރޮސެސްކުރާ މިންވަރު އިތުރުކޮށް ވެލިއު އެޑެޑް އުފެއްދުންތައް އިތުރު ކުރަން ހިތްވަރު ދިނުން ކަމަށެވެ.
"އޭގެ ބަދަލުގައި ރާއްޖެއިން ރޯ މަސް ބޭރުކުރާ ނަމަ ރާއްޖެއަށް އެކަމުން ހަގީގީ ފައިދާއެއް ނުވެ، ގައުމު ވާނީ ފަގީރު." އުމަރު ވިދާޅުވި އެވެ.
Maldives should be encouraging domestic processing & value-added production of our fish. We will remain a poor country if we continue to export raw fish for others to do the value addition. Learn from Indonesia's ore export ban & its positive outcome.
— Umar Naseer (@UmarNaseerMV) July 5, 2025
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވިދާޅުވީ ރާއްޖޭގައި ކުރަންވީ ކަމަކީ ދިވެހި މަސްވެރިކަން ކުރިއެރުވުން ކަމަށެވެ. އޭގެ ބަދަލުގައި ރޯމަސް އެހެން ގައުމުތަކަށް ބޭރުކޮށްގެން، އެ ގައުމުތަކުން އެއިން އުފެއްދުންތައް ތައްޔާރުކޮށް، ލޭބަލްކޮށް ބައިނަލްއަގުވާމީ ބާޒާރަށް ވިއްކުމަކީ ދިވެހި އުފާ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ މި ސަރުކާރުން ކޮށްދޭންވީ ކަމަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރާނެ ގޮތްތައް ހޯދައި ދިނުން ކަމަށެވެ. އެކަމަކު މިފްކޯ އިން އުފައްދާ މަހުގެ ބާވަތްތަކަށް ބޭރުން އޯޑަރު ނުލިބޭ ކަމަށާއި މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ވެސް ނުލިބޭ އިރު މިފްކޯ ހިންގަމުން ދަނީ ގެއްލުންތަކާ އެކީގައި ކަމަށް އޭނަ ފާހަގަކުރެއްވި އެވެ.
އެހެންވެ މިކަންކަން ހައްލުކޮށް، ދިވެހި މަސްވެރިކަން އަޑިއަޅާލަން ދޫކޮށްލުމުގެ ބަދަލުގައި ޗައިނާއާ އަމަލު ކުރަމުން އަންނަ ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) ގެ ދަށުން ވެސް ކުރަންވީ ކަމަކީ ދާއިރާ މައްޗަށް ޖެއްސުން ކަމަށް އަމްރު ވިދާޅުވި އެވެ.
This is not something Maldives should be thrilled about. We are exporting raw fish under FTA. China cans it, labels it and sells to the global market.
And we get a clap by the Minister
Who's going to talk about the fact that:
– Mifco has had no foreign orders for months – only… https://t.co/y8KuXrsHk7— Amr 🎈 (@HusenAmr) July 5, 2025
"ވެލިއު އެޑު ކުރި އުފެއްދުމެއް އެކްސްޕޯޓުކުރުމެއް ނެތް. ސްޓްރެޓަޖީއެއް ނެތް ތަސައްވުރެއް ނެތް އަދި އުންމީދެއް ވެސް ނެތް." އޭނަ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ދިވެހި މަހުގެ އުފެއްދުންތައް އިތުރުކޮށް، އެކްސްޕޯޓް ފުޅާކުރަންވީ ކަމަށެވެ. އެހެން ނޫން ނަމަ މިއީ އެހެން ބަޔަކަށް ހޯދައިދެވޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ވިދާޅުވި އެވެ.