Last Updated: July 8, 09:53
Tuesday, July 8, 2025
ޚަބަރު

އައްޑޫ-ފުވައްމުލައް ކާގޯ ފެރީ ދަތުރު މިއަދު ކެންސަލް

އައްޑޫ ހުޅުމީދު-ފޭދޫ ފޭދޫ-ފުވައްމުލައް ރޫޓުގެ ކާގޯ ފެރީ ދަތުރު މިއަދު ކެންސަލްކޮށްފި އެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެގޮތަށް ނިންމީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ މިކަމާ ބެހޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1650 އިން ހޯދޭނެ ކަމަށެވެ.