Last Updated: June 12, 17:14
Friday, June 12, 2026
މުނިފޫހިފިލުވުން

ސަލްމާނަށް 500 ކްރޯޑްގެ އެއްބަސްވުމެއް!

ފަހުގެ ތާރީހުގައި ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ސަލްމާން ހާން މިހާތަނަށް ބޮލީވުޑްގެ ތަރިއަކު ހެދި އެެންމެ ބޮޑު އެއްބަސްވުން އިންޑިއާގެ ޓީވީ ޗެނަލަކާ އެކު ހަދާފައިވާ ކަމަށް ބޮލީވުޑްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ހަބަރުތަައް ބުނާގޮތުގައި އިންޑިއާގެ މަޝްހޫރު ޗެނަލަކާ އެކު ސަލްމާން ހަދާފައި ވަނީ 500 ކްރޯޑް ރުޕީސްގެ އެގްރިމަންޓެެކެވެ.
އަދި މި އެގްރިމަންޓަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރިލީޒްވާ ސަލްމާންގެ ހުރިހާ ފިލްމްތަކެެއް ޓީވީ ޕްރިމިއާ ކުރުމަށް ސަލްމާނާ އެކު ވެފައިވާ އަދި އިންޑިއާގެ ތަރިއަކާ އެކު މިހާތަނަށް ހެދި މިފަދަ ފުރަތަމަ އަދި އެންމެ ބޮޑު އެއްބަސްވުމެވެ.

އެހެން ނަމަވެސް ސަލްމާނާ އެކު މި ވަރުގެ ބޮޑު ޑީލެެެއް ހެދީ ކޮން ޗެނަލެެއް ކަމެއް މީޑިއާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސަލްމާންގެ މި ފަހުން ރިލީޒްވި ހުރިހާ ފިލްމްތަކަކީ ވެސް ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރަމުން އަންނަ "100 މިލިއަން ކްރޯޑް ކްލަބް" ގެ ފިލްމްތެކެވެ.
އޭގެ ތެރޭގައި 2009 ގައި ރިލީޒްވި "ވޯންޓެޑް، 2010 ގެ "ދަބަންގް"، 2011 ގެ "ރެޑީ" އާއި "ބޮޑީގާޑް" އަދި 2012 ގެ "އެކް ތަ ޓައިގާ" އާއި "ދަބަންގް 2" ހިމެނެ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ކޮއްކޮ ސުހައިލް ހާންގެ "ޝޭރު ހާން" އާއި ސާޖިދު ނަދިއަދުވާލާގެ "ކިކް" ހިމެނެ އެވެ