ލ. އަތޮޅު ލިންކް ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ހެނދުނު 9:12 އެހާކަށްހާ އިރު އެ އެކްސިޑެންޓް ހިނގީ ފޮނަދޫން ގަމަށް ދަތުރުކުތި ސައިކަލެއް ލ. މާންދޫ އިން ގަމަށް އަރާ ބެންޑުގެ ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ގަން ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ.
މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ލާމު ލިންކްގައި މީގެ ކުރިން ވެސް އެތައް އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އަދި އެ މަގުގައި ހިނގާފައިވާ ނުރައްކާތެރި ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރު ވެސް ވެފައިވެ އެވެ.