Last Updated: July 8, 09:15
Tuesday, July 8, 2025
މުނިފޫހިފިލުވުން

ކްރިކެޓުން ރިޓަޔަކުރި ރައިނާ އެކްޓިން އަށް

ކްރިކެޓުން ރިޓަޔާކޮށްފައިވާ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސުރޭޝް ރައިނާ ފިލްމެއް ކުޅެން ތައްޔާރުކޮށްވެއްޖެ އެވެ.

އޭނަގެ އަލަތު ފިލްމަކީ އަލަށް އުފެއްދި ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ޑްރީމް ނައިޓް ސްޓޯރީސް ޕްރައިވެޓް ލިމިޓެޑުން އުފައްދަން ހަމަޖެހިފައިވާ ތަމަޅަ އެކްޝަން ތުރިލާއެކެވެ. ނަން ހާމަނުކޮށް މި ފިލްމު ލޯންޗްކޮށްފައިވާ އިރު، ފިލްމުގެ ކާސްޓްގައި ރައިނާ ހިމެނޭކަން އޭގެ ޓީމުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ލޯގަން އެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އިރު، މީގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

ނަމަވެސް ފިލްމުގެ ކެމެރާގެ ފަހަތުގައި ވަރުގަދަ ޓީމެއް މަސައްކަތްކުރާނެ އެވެ. އެގޮތުން ފިލްމު އެކްޝަން ޑައިރެކްޓަރަކީ ސުޕްރީމް ސުންދަރެވެ. ސިނަމަޓޯގްރާފަރަކީ ސަންދީޕް ކޭ ވިޖޭ އެވެ. ފިލްމުގެ ސައުންޑް ޑިޒައިނިންއާ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ރެސުލް ޕޫކްޓީ ހަވާލުވެފައިވާ އިރު، ފިލްމުގެ މިއުޒިކް ޑައިރެކްޓަރަކީ ސަންތޯޝް ނަރަޔާނަން އެވެ.

އުމުރުން މިހާރު 38 އަހަރުގެ ރައިނާ ކްރިކެޓުން ރިޓަޔާކުރީ 2022 ގަ ސެޕްޓެމްބަރުގަ އެވެ. އޭނަ އަކީ އިންޑިއާގެ މި ފަހުގެ ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ.