Last Updated: July 8, 11:27
Tuesday, July 8, 2025
ޚަބަރު

ސްޕޯޓްސް ފިޝިން ވޯކްޝޮޕް މާދަމާ

ސްޕޯޓްސް ފިޝިން އަށް ހާއްސަކުރާ ވޯކްޝޮޕް މާދަމާ ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކުރާ މި ވޯކްޝޮޕް ކުރިއަށް ދާނީ މާދަމާ ހެނދުނު 9:00 ހަވީރު 5:00 އަށް މީރުމާގަ އެވެ. ވޯކްޝޮޕް އިފުތިތާހުކޮށް ދެއްވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މި ވޯކްޝޮޕްގައި ބައިވެރިވާން މުޅި ރާއްޖެ އަށް ހުޅުވައިލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސްޕޯޓްސް ފިޝިންގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ވޯކްޝޮޕްގެ މަގުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

ވޯކްޝޮޕް ކުރިއަށް ގެންދާނީ ދެ ސެޝަނަކަށް ބަހަލައިގެންނެވެ. ފުރަތަމަ ސެޝަންގައި ކުރިއަށް ދާނީ މީގެ މަޤްޞަދާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމާ ބެހޭ ގޮތުން މިހާރު ގެންގުޅޭ ވިސްނުމާއި، ޑޭޓާ ޑްރައިވަން މެނޭޖްމަންޓްގެ ބޭނުންތެރިކަމުގެ އޯވަވިއުއެއް ފޯރުކޮށް ދިނުމެވެ. ދެވަނަ ސެޝަންގައި ކުރިއަށް ދާނީ ސްޓޭކް ހޯލްޑަރުންގެ ކަންބޮޑުވުންތަކާއި މުނިފޫހިފިލުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

ސްޕޯޓްސް ފިޝިން ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ވަނީ މިކަމަށް ފަސް ސަރަހައްދެއް ތަރައްގީ ކުރަން ނިންމައިފަ އެވެ.