ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ގާއިމުކޮށްފި ވެ.
މިއީ އެގްރިކަލްޗަ މިނިސްޓްރީ އާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް މެޕް) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެވެ.
އަލަށް ގާއިމުކުރި ގްރީންހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް އަންނަނީ ކުރަމުންނެވެ.
އެ ރަށްތަކަކީ:
* ހދ. މަކުނުދޫ
* ހދ. ނޭކުރެންދޫ
* ހދ. ނޮޅިވަރަމްފަރު
* ހދ. ވައިކަރަދޫ
* ހއ. ކެލާ
* ހއ. އުލިގަމު
* ހއ. މޮޅަދޫ
* ހއ. ފިއްލަދޫ
* ށ. ނަރުދޫ.
* ށ. ގޮއިދޫ
* ށ. ފޯކައިދޫ
ގްރީން ހައުސްތައް ޤާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލްުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިނަށް މެޕް އިން އަންނަނީ ފޯރުކޮށް ދެމުންނެވެ.