Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ހިތަދޫ ޒުވާނަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން އައްޑޫ ހިތަދޫ ޒުވާނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު ކަށިފަށުވިގޭ އަހުމަދު ޒަޔާން، 25، އެވެ.

އޭނަ ހޯދަން އިއުލާންކުރީ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގ ެ9 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންވެ ޒަޔާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.