މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ދެބެއިން ހައްޔަރުކޮށްފި އެވެ.
އިއްޔެ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ- ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ގ. ސެމިޓޯން، މާލެ، ޙަމްޒާ ޝަރީފް، 44، އާއި އޭނަގެ ކޮއްކޮ އިބްރާހީމް ޝަރީފް، 41، އެވެ.
ފުލުހުން ބުނީ އެ ދެބެއިން ހައްޔަރުކޮށް ބަލައިފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 90.54 ގްރާމްގެ ތަކެތި ވެސް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.