Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ދަނޑުވެރިކަމުގެ އައު ގޮތްތައް ހޯދަން މަޝްވަރާކޮށްފި

ދަނޑުވެރިކަން ކުރުމުގެ އައު ގޮތްތައް ހޯދުމާ ގުޅޭގޮތުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ ޑިރެކްޓާ ޖެނެރަލް، ޗޫ ޑޮންގްޔޫއާ މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ އެފްއޭއޯގެ 44 ވަނަ ޖަލްސާގެ ހަވާސާގެ ތެރެއިންނެވެ.

އެގޮތުން މި ބައްދަލުވުމުގައި ރާއްޖެއާއި އެފްއޭއޯ އާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް އެ ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން އިތުރު ކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެއް ވިއެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާގައި އައު ގޮތްތައް ތައާރަފުކުރުމަށް މަޝްރަވާކުރެއްވި އެވެ.

މީގެއިތުރުން ރާއްޖޭގެ 10 އަހަރުގެ ދަނޑުވެރިކަމުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އެގޮތުުން ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި ބަދަލުކުރުމަށް މަގުދައްކައިދޭނެ ދިގު މުއްދަތުގެ ތަފްސީލީ ސްޓްރެޓެޖީއެއް އެކުލަވާލުމުގައި އެފްއޭއޯއިން ރާއްޖެއަށް އެއްބާރުލުން ދޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.