Last Updated: July 24, 15:14
Friday, July 24, 2026
ޚަބަރު

ކުޅުދުއްފުށީ އެއާޕޯޓް މެނޭޖަރު ހައްޔަރުކޮށްފި

ކުޅުދުއްފުށީ އެއާޕޯޓްގެ މެނޭޖަރު، އަބްދުލް އަހަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓް އަމުރެއްގެ ފަށުން އޭނަ ހައްޔަރުކުރީ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރަކާ ގުޅިގެން ކަރެކްޝަންސް އާ ހަވާލު ކުރަން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން، ކޮން ކޯޓަކުން ކުރި އަމުރެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެހެންވެ އަހަދު ހައްޔަރުކުރީ ސީދާ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.