އާސަންދައިގެ ދަށުން މި އަހަރުގެ މިހާތަނަށް އެންސްޕާ މެދުވެރިވެގެން ތައިލެންޑުން ބޭސްފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އާސަންދައިން ބުނީމިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބެންކޮކުން ބޭސް ފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފައިވާ ކަމަށެވެ. އެ މީހުންގެ ފަރުވާއަށް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އާސަންދައިން ބުނެއެވެ.
އާސަންދައިން ބުނީ އެކަކު މިހާރު ވެސް ބެންކޮކްގައި ފަރުވާ ހޯދަމުން އަންނަ ކަމަށާއި އިތުރު ދެ މީހަކު ފަރުވާއަށް އެ ގައުމަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އާސަންދައިން އަންނަނީ ތައިލޭންޑާއި ޔޫއޭއީ އިން ފަރުވާ ހޯދަން އުސޫލެއް އެކުލަވާލައި އޭގެ ދަށުން އެހީ ދެމުންނެވެ.