Last Updated: July 7, 06:23
Monday, July 7, 2025
ޚަބަރު

ފަރުމުލީގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

ނ. މާފަރުގެ އިހުތިސާސުން މިއަދު ވަކިކުރި ފަރުމުލީގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ވަނީ ފަރުމުލީގައި ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަން ހުށަހަޅަން ހުޅުވާލައިފައެވެ.

އެގޮތުން ބީލަމުގެ ދަށުން ދެނީ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދާއެކު 15 ހެކްޓަރަށްވުރެ ބޮޑު ނޫން ރަށެއް ހިއްކުމަށެވެ.

އެ ކަމަށް ޝައުގުވެރިވާނަމަ، މިމަހުގެ 21 ވަނަ ދުވަހާއި އަންނަ މަހުގެ 18 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު 10ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ކަމަށް އިއުލާނުގައިވެ އެވެ.

އެ އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ ބީލަން ހުށަހެޅުމުގެ، ސަރުކާރު ބަންދުނޫން ތިން ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލްއަށް ސުވާލުތައް ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.