Last Updated: July 7, 06:23
Monday, July 7, 2025
ޚަބަރު

ރައީސްގެ ތައުޒިޔާ އެމެރިކާ އަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ މެދު ޓެކްސަސް އަށް ކުރިމަތިވި ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ މެސެޖުގައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުވެފައިވާ މީހުންގެ ޢާއިލާތަކަށާއި މި ކާރިސާގެ ސަބަބުން އަސަރުކުރި އެންމެހައި ފަރާތްތަކަށް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

އަދި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އެހީތެރިކަމުގެ މަސައްކަތްތައް ކާމިޔާބުވެ، މި ކާރިސާގެ އަސަރުކުރި ސަރަހައްދުތައް އަވަހަށް އާރާސްތުވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ޓެކްސަސްގެ މެދުތެރެއަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު ވަނީ 50 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެތެރޭގައި 21 ކުޑަކުދިން ވެސް ހިމެނެ އެވެ.