އިސްލާމިކް މިނިސްޓްރީން ސިލްސިލާކޮށް ބާއްވާ އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ތިން ވަނަ "ދައުރާ އިލްމިއްޔާ" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ދައުރާ ބާއްވާން ހަމަޖެހިފައި ވަނީ މި މަހުގެ 12 އާއި 13 ގައި އިސްލާމީ މަރުކަޒުގަ އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ސުޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާ ގުޅިގެން ދައުރާގައި ސައުދީގެ ދީނީ އިލްމުވެތިން ބައިވެރިވެވަޑައިގެން، ދަންފަޅިތައް ނަންގަވައި ދެއްވާނެ އެވެ. ދައުރާގައި މަޢުލޫމާތު ދޭނީ ޢަރަބި ބަހުންނެވެ.
ދައުރާ ހާއްސަކޮށްފައި ވަނީ އިލްމުވެރިންނާއި އިމާމުންނާއި ޒުވާން ޚަތީބުންގެ އިތުރުން އަރަބިއްޔާގެ ދަރިވަރުންނަށެވެ.
"ދައުރާ އިލްމިއްޔާ" ގެ ފުރަތަމަ ދައުރާ ބޭއްވީ މިދިޔަ އަހަރުގެ މެއި 20-21 ގަ އެވެ. އަދި ދެވަނަ ދައުރޭ ބޭއްވީ އެ އަހަރުގެ ޖުލައި 9 އާއި 10 ގަ އެވެ.