ތިނަދޫ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑްކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ދެ ބޭފުޅުންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިފައި އެދިފައި ވަނީ އެ ބޭފުޅުން ސަސްޕެންޑް ކުރުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެލްޖީއޭއިން އަޅާފައިވާ ފިޔަވަޅުތައް ބާތިލުކޮށް ދިނުމަށެވެ.
ސައުދާއި ނަސްރުﷲ ސަސްޕެންޑްކުރީ މިދިޔަ މަހުގެ 25 ގަ އެވެ. އެގޮތުން ސައުދު ތިން މަހަށް ސަސްޕެންޑްކުރި ނަސްރުﷲ ސަސްޕެންޑްކުރީ މަސް ދުވަހަށެވެ.
ތިނަދޫ މޭޔަރާއި ޑެޕިއުޓީ ސަސްޕެންޑްކުރީ ދައުލަތުގެ އިދާރާތަކުންނާއި އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަކަށް ފަހު ކަމަށް އެލްޖީއޭއިން ބުނެފައިވެ އެވެ.