Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ޔާޔާ ނަބީލު އުމުރަށް ޖަލަށް

އަންހެން ހެދިގެން ޓިކްޓޮކްގައި ބޭއަދަބީ ވައްތަރުތައް ޖައްސަމުން އައި މުހައްމަދު ނަބީލު (ޔާޔާ ނަބީލް) ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކިންގެ ކުށް ސާބިތުވެއުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ހުކުމް =ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައެއް ނުވެއެވެ. އެހެންވެ، އެކަމާ ގުޅޭ ތަފުސީލުތަކެއް ލިބިފައެއް ނުވެ އެވެ.

ނަބީލަކީ މީގެ ކުރިން އޮރިޔާންކާޑު ހެދުމުގެ ކުށުގައި ވެސް ޖަލަށްލީ މީހެކެވެ. އޭރު އޭނަ އެއް އަހަރު ދުވަހަށް ޖަލަށްލީ ޓިކްޓޮކްގައި ބަރަހަނާވެ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވެ ސާބިތުވެގެންނެވެ. އެ

އަދި އެފަދަ މައްސަލަތަކުގައި އޭނަ އެތައް ފަހަރެއްގެ މަތިން ހައްޔަރު ވެސް ކުރި އެވެ.