Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ތުރުކީ ހަލާލު އެކްސްޕޯގައި ބައިވެރިވާން ހުޅުވާލައިފި

ތުރުކީގައި މި އަހަރުގެ ފަހިކޮޅު ބާއްވަން ހަމަޖެހިފައިވާ "11 ވަނަ ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ" ދިވެހި އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ލިބިއްޖެ އެވެ.

އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި އޮތީ ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ނޮވެމްބަރު މަހުގެ 26-29 އަށެވެ.

މިނިސްޓްރީން ބުނީ "11 ވަނަ ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ" ގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު، ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަމުގެ މައުލޫމާތު ޖެނެރަލް ސެކްރެޓްރިއަޓް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ) އިން އަންގާފައިވާ ކަމަށެވެ.

މި އެކްސްޕޯގައި ބައިވެރިވުމަކީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.

އަދި އެކްސްޕޯއާއި ގުޅޭ އިތުރު މައުލޫމާތު މި ވެބްސައިޓް helalexpo.com.tr އިން ލިބޭނެ އެވެެ. އަދި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު މި މެއިލް [email protected] މެދުވެރިކޮށް ވެސް ހޯދޭނެ އެވެ.