Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

އެޗްޑީސީގެ އެމްޑީ ރިޓަޔަ ކުރަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް، މަގާމުން ވަކިވެވަޑައިގެން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

އޭނަ އެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ގަ އެވެ. އެޗްޑީސީގެ އެމްޑީގެ މަގާމަށް މައުރޫފް އައްޔަން ކުރީ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންތަކާއި ވައްކަމުގެ މައްސަލަތަކެއް ފަޅާއަރައި އޭނަ ސަސްޕެންޑްކޮށްފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މަގާމާ ހަވާލުވެވަޑައިގަތްގާ 7 ވަތަކަށް މަސް ފަހުން މައުރޫފް ރިޓަޔާ ކުރައްވަން ނިންމަވައު އެކަން މިހާރު ވަނީ އެޗްޑީސީގެ މުވައްޒަފުންނަށް ވެސް އަންގަވައިފަ އެވެ.

މައުރޫފަކީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރުކަން ވެސް ކުރެއްވި ބިނާރުގެ ދާއިރާގެ ތަޖުރިބާކާރެކެވެ.