ގދ. ތިނަދޫގައި ލޯންޗެއް ކޮންޓްރޯލް ނުވެ ޖެޓީގައި ޖެހި، ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ތިނަދޫ ފެރީ ޓާމިނަލު ޖެޓީ އަށް ކައިރި ކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހި އެކްސިޑެންޓެއް މިއަދު މެންދުރު ހިނގާފައިވާ ކަމަށެވެ.
އެ ލޯންޗުގައި 3 އަންހެނަކާއި އެއް އަހަރުގެ ކުއްޖަކާއި ކެޕްޓަން އަދި ފަޅުވެރިޔާ ހިމެނޭހެން ޖުމްލަ 6 މީހަކު ދަތުރުކުރި ކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓުގައި ލޯންޗުގައި ތިބި 2 ފަސެންޖަަރަކާއި ކެޕްޓަން އާއި ފަޅުވެރިޔާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވީ ދިވެހި ދެ ފިރިހެނުން (ކެޕްޓަން 50އ/ކްރޫ 29އ)، ދެ އަންހެނުން (25 އަދި 28) އެވެ.
ފުލުހުން ބުނީ އެ މީހުންނަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.