Last Updated: July 10, 09:56
Thursday, July 10, 2025
ޚަބަރު

ސިފައިން ހަތިޔާރާއެކު ހުޅުމާލޭގައި ތަމްރީނުތަކެއް ފަށައިފި

ސިފައިންގެ މީހުންތަކެއް ތަމްރީނެއްގައި---ފޮޓޯ / މިހާރު

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ތަމްރީންތަކެއް ހުޅުމާލޭގައި މިއަދު ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އެމްއެންޑީއެފުން ކުރިއަށްގެންދާ ތަމްރީނުތަކެއް މިއަދާއި މާދަމާ ހުޅުމާލެ ފޭސް 2 އަދި 3 ހިމެނޭ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް މިފަދަ ތަމްރީނުތައް އެމްއެންޑީއެފުން ކުރިއަށް ގެންދެ އެވެ.