ލޮނުފެނުން މަސްފިނިކުރާ ނިޒާމު އާރްއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީ އަށް ލުއެއް ދީފި އެވެ.
ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ލޯނަށް އެދުމުގެ ފުރުސަތު އިތުރު ލުއިތަކަކާއި އެކު މިހާރު ވަނީ އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު މިހާރު ވަނީ 1 އަހަރުގެ މުއްދަތަކުން 3 މަސް ދުވަހަށް ކުޑަކޮށްފަ އެވެ.
އެހެންވެ އެ ލުޔާ އެކުއާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި މިހާރު ހުށައެޅޭނެ އެވެ.
މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭ ނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެ އެވެ. މި ލުއިތަކާ އެކު ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދުން ލޯނުތަކަށް ފައިސާ ދައްކަމުން އަންނަ ނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިން އަށް ޝަރުތު ހަމާވާނެ އެވެ.
މި ލޯނުގެ ބޭނުމަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރު ޤާޢިމުކޮށްފައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދުމަށް ކުރަން ޖެހޭ ހޭދަ ކުޑަކުރުމެވެ.
މި ލޯން ސްކީމްހެ ދަށުން މިހާތަނަށް ގާތްގަނޑަކަށް 100 އެއްހާ ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ފެސިލިޓީ ހަމަޖެހިފައިވެ އެވެ. މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 ޕަސެންޓް ސަރުކާރުން ދައްކައިދޭނެ އެވެ.
މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 100،000ރ. އިން ފެށިގެން 2،000،000ރ. އާ ހަމައަށް އާރްއެސްޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާއި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އެވެ.