Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ތިނަދޫ ހޮސްޕިޓަލްގައި އެންއައިޕީޓީގެ ހިދުމަތް ފަށައިފި

ބަނޑުގައި އޮންނަ ކުއްޖާގެ އައިބެއް ހުރިތޯ ބެލުމަށް ހަދާ ނަން-އިންވޭސިވް ޕްރީނޭޓަލް ޓެސްޓް (އެންއައިޕީޓީ) ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ޚިދުމަތް ދެނީ އައިޖީއެމްއެޗްއާ ގުޅިގެން ކަމަށެވެ.

ބަނޑުގައިވާ ދަރިފުޅުގެ އުފެދުމުގައި އެއްވެސް އުނިކަމެއް ހުރިތޯ އެންމެ އަވަހަށް ދެނެގަނެވޭނީ އެންއައިޕީޓީ ޓެސްޓުންނެވެ. މި ޓެސްޓް ހަދަނީ މައިމީހާގެ ބަނޑަށް 10 ހަފުތާ ގައެވެ.