Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

އެމްއޭސީއެލް އިން 100،000 ގަސް އިންދަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ އެވެ.

މި ޕްރޮގްރާމްގައި އެމްއޭސީއެލް ބައިވެރިވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރު ތޯރިގް އިބްރާހީމް އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރުތެރޭ 100،000 ގަސް އިންދުމަށް އެމްއޭސީއެލުން ވަނީ އަމާޒު ހިފައިފަ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ، ރާއްޖޭގެ ރަށްރަށުގެ ރީތިކަން އިތުރުކުރުމާއި، ވައިގެ ފެންވަރު ރަނގަޅުކުރުމާއި، އަދި ތިމާވެށީގެ ހަމަހަމަކަން ދެމެހެއްޓުމަށް ކުރިއަށް ގެންދާ ގައުމީ ބޮޑު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ތަފާތު ރަށްރަށުގައި ގަސް އިންދުމުގެ ޙަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.