Last Updated: July 10, 10:26
Thursday, July 10, 2025
ޚަބަރު

ހަތަރު ފުރޮޅުލީ ވެހިކަލް ހުއްދަ އަށް ހުޅުވާލައިފި

އައްޑޫ ހިތަދޫގައި ވެހިކަލްތަކެއް. ފޮޓޯ/ ސިޓީ އޮފް އައްޑޫ

ހަތަރު ފުރޮޅުލީ ވެހިކަލް އެތެރެކުރަން ބޭނުންވާ ފަރާތްތަކުން ހުއްދަ ނެގުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހުގެ 13 ގައި ވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާހުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ.

އެހެންވެ ގަވާއިދުގެ ދަށުން އެފަދަ ވެހިކަލްތައް އެތެރެކުރާ ނަމަ މިނިސްތްރީނގެ ހުއްދަ ނަގަންޖެހޭ ބަޔަށް ޢަމަލުކުރުން ފަށާގޮތަށް ކަނޑައަޅަފައި އޮތީ މިމަ ހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެންވެ ވެހިކަލްތައް އެތެރެކުރުމުގެ ހުއްދައަށް އެދި، ވުޒާރާގެ ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.