އެމްޑީޕީން އަންނަ ހުކުރު ދުވަހުގެރޭ ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމާފައިވާ ބޮޑު ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ފަތުރާ ވާހަކަތައް އެމްޑީޕީން ދޮގުކޮށްފި އެވެ.
އެމްޑީޕީގެ ބޮޑު ޖަލްސާގައި އިބޫ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބުނެ އޮންލައިން ނޫހަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފަ އެވެ.
އެމްޑީޕީގެ ހެންވޭރު އުތުރު ދާއިރާގެ ރައީސް، އިބްރާހިމް މުއިއްޒު ވަނީ އެމްޑީޕީގެ ބޮޑު ޖަލްސާގައި އިބޫ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ފަތުރަމުންދާ ހަބަރަކީ ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް މާލެއިން ވެސް ވަފުދެއް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޖަލްސާތަކެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ދުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.