Last Updated: July 8, 18:21
Tuesday, July 8, 2025
ޚަބަރު

ދިވެހިންގެ އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް: ރައީސް

ދިވެހިންގެ އެންމެ އަގުހުރި މުދަލަކީ ދިވެހި ބަސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑީއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ދިވެހި ރާއްޖެ އުފެދި. ނަން ދެވުނީ، ދިވެހިބަހުގެ ސަބަބުން ކަމަށެވެ. ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށް ވިދާޅުވި އެވެ.

"މިއީ އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި މި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބު." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާ އަށް ތައުރީފުގެ ބަސްތައް ތަކުރާރު ކުރައްވާ ކަމަށެވެ.

"ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރަން." ރައީސް ވިދާޅުވި އެވެ.

މިި ސަރުކާރުން ބަހަށް އިސްކަން ދިނުމުގެ ގޮތުން ބަހާ ބެހޭ މިނިސްޓްރީއެއް އުފައްދައި ގައުމިއްޔަތު ދިރުވައި އާލާކުރަން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.