Last Updated: June 7, 17:32
Sunday, June 7, 2026
ޚަބަރު

ހިތަދޫގައި މިކްސްޑް ރެޒިޑެންޝަލް ފެސިލިޓީއެއް ތަރައްގީ ކުރަނީ

ހިތަދޫގެ 'އަބުހަރީ ގްރޭންޑް' ގެސްޓްހައުސް.

ތަފާތު އެކި ކަހަލަ ވިޔަފާރިތަކަށް ހާއްސަ މިކްސްޑް ރެޒިޑެންޝަލް ފެސިލިޓީއެއް އައްޑޫ ހިތަދޫގައި ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ކައުންސިލުން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު އަންނަ މަހުގެ 3 ގެ ކުރިން މި [email protected] މެއިލް މެދުވެރިކޮށް ސާފު ކުރުމަށް ވެސް ކައުންސިލުން އެދިފައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ހިތަދޫގައި ތަރައްގީ ކުރަން ނިންމާފައިވާ މިކްސްޑް ރެސިޑެންޝަލް ފެސިލިޓީ އަކީ ވިޔަފާރިތަކަށް ހާއްސަ ބައިތަކާއި ސިޓީ ހޮޓަލަކާއި އަސާސީ އާންމު ހިދުމަތްތަކަށް ހާއްސަ ބައިތަކާއި އެންޓަޓައިންމަންޓް ސެންޓަރެެއް އެކުލެވޭނެ ތަނެއް ކަމަށެވެ.