ނައިބު ރައީް ޙުސައިން މުޙައްމަދު ލަޠީފް ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.
އެ މަނިކުފާނު އެ ގައުމަށް ފުރާވަޑައިގަތީ ޙަޟާރަތްތަކާ ގުޅޭ ގޮތުން ބާއްވާ 11 ވަނަ ނީޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ފޯރަމް މި މަހުގެ 9 އާއި 10 އަށް ކުރިއަށް ދާނީ ޗައިނާގެ ޗޫފޫ ސިޓީގެ ޝެންޑޮންގް ޕްރޮވިންސްގަ އެވެ.
Commencing an official visit to Qufu, Shandong Province, China, to attend the Eleventh Nishan Forum on World Civilisations.
Looking forward to participating in the Forum and engaging in sideline discussions with senior officials of Shandong Province to strengthen ties and… pic.twitter.com/8C3BjQ8l23
— Hussain Mohamed Latheef (@HucenSembe) July 8, 2025
ފޯރަމްގައި ޙަޟާރަތްތައް އުފެދުނު ގޮތާއި ކުރިއަށް އޮތް ތަނުގައި ކުރިއަރާ ދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ. ފޯރަމްގައި އެކި ގައުމުތަކުން 800 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާއި ޢިލްމުވެރިން ބައިވެރިވާނެ އެވެ.
ނައިބު ރައީސް ޗައިނާ އަށް ފުރާވަޑައިގެންނެވި އިރު، މިދިޔަ ހަފުތާގައި ސްޕެއިނަށް ކުރެއްވި ދަތުރު ނިންމަވާލައްވައި ރާއްޖެ ވަޑައިގަތީ 6 ވަނަ ދުވަހު އެވެ.