އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ވެސް ބޭރުކޮށްލައިފި އެވެ.
މިއަދު ކުއްލި މައްސަލައެެއް ހުށަހެޅީ އެމްޑީޕީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު ސަރުކާރުން ހެދި އެއްބަސްވުންތައް މި ސަރުކާރުން އުވާލައި، އާ އެއްބަސްމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ހުށަހަޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެ މައްސަލަ ބަލައިގަތުމަށް 12 މެމްބަރުން ވޯޓު ދެއްވި އިރު މައްސަލަ ބަލައިނުގަންނަން 34 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ.
ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް… https://t.co/PkQc6l55vv pic.twitter.com/uCiBEc0d3a
— Abdulla Muththalib (@muththo) July 7, 2025
ގުޅީފަޅު ގޯއްޗާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހުން ބޭރުކޮށްލި އިރު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވެފައި ވަނީ ގޯތި އެއްބަސްވުމަށް ބަދަލު ގެނެވުނީ، ކުރިން ހަދާފައިވާ އެއްބަސްވުން ޤާނޫނާ ފުށުއަރާތީ ކަމަށެވެ.
އެހެންވެ އާ ރަޖިސްޓްރީ އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.