Last Updated: July 16, 09:49
Wednesday, July 16, 2025
ދުނިޔެ

މަގާމުން ވަކިކުރި މިނިސްޓަރު މަރުވެފައި އޮއްވައި ފެނިއްޖެ

ރަޝިއާގެ ޓްރާންްސްޕޯޓް މިނިސްޓަރުކަމުން އިއްޔެ ވަކިކުރި ރޯމަން ސްޓަރަވޮއިޓް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ރަޝިއާގެ އިންވެެސްޓިގޭޝަން ކޮމިޓިން ބުނި އޭނަ ފެނުނީ މަރުވެފައި އޮއްވައި ކަމަށާއި މަރުވީ އަމިއްލަ އަށް ބަޑިން ހަމަލާ ދީގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި މިކަން އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ މެއި މަހު ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް އައްޔަންކުރި ރޯމަން މިނިސްޓަރުކަމުން، އިއްޔެ ރައީސް ލަޑިމިއާ ޕުޓިން ވަކިކުރެއްވި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރައްވަ އެވެ. އެހެންވެ ރޯމަން ވަކިކުރި ސަބަބެއް ސާފެއް ނުވެ އެވެ.

އޭނަ މަގާމުން ވަކިކުރެއްވުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމަށް ވަނީ ކުރިން މިނިސްޓަރުގެ ނައިބަކަށް ހުންނެވި އެންޑްރީ ނިކިޓިން އައްޔަންކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ރޯމަން ވަނީ ހަ އަހަރު ވަންދެން ކާސްކް ރީޖަންގެ ގަވަރުނަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.