Last Updated: July 8, 18:21
Tuesday, July 8, 2025
ޚަބަރު

ޖޭއެސްސީ އަށް 8 ބޭފުޅަކު ކުރިމަތިލައިފި

މެންބަރުކަމުގެ ދައުރު ހަމަވާ އުންމުކުލްސޫމް.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލުމުން 8 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެ މަގާމަށް ކުރިމަތިލާން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ދިން ސުންގަޑި ހަމަވީ މި މަހުގެ 3 އަށެވެ.

ކުރިމަތިލެއްވި ބޭފުޅުންނަކީ؛

* އަލްއުސްތާޒް އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ. ވާދޫ
* އަލްއުސްތާޒް އަހުމަދު ޢަލީ، ހުޅުމާލެ، ފްލެޓް 108-ޖީ-1
* އަލީ އާމިރު، މއ. ޕެންޒީވިލާ
* އިދުރީސް ފައުޒީ، ފަހިވާގެ، ލ. ކަލައިދޫ
* އަލްއުސްތާޒް އަހުމަދު ޝާފިއު، އުދަރެސް، ހއ. އިހަވަންދޫ
* ޑރ. ހުސައިން ފާއިޒު، ދަފްތަރު ނަންބަރު ރ.ސ. 1325
* އަލްއުސްތާޒް ހަސަން ވަހީދު/ ރަންކޮކާގެ، ހދ. ކުރިނބި
* އަލީ މުޙައްމަދު މަނިކު/ ދަފްތަރު ނަންބަރު ރ.ސ. 1851

ޖޭއެސްސީގައި އާންމުން ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ހުޅުވާލީ މިހާރު މަގާމުގައި ހުންނެވި ޑރ. އައިމިނަތު އުއްމުކުލްސޫމްގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.

ޖޭއެސްސީ 10 މެންބަރުންގެ މައްޗަށް އެކުލެވޭ އިރު، މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.