Last Updated: July 8, 21:46
Tuesday, July 8, 2025
ޚަބަރު

މޯލްޑިވިއަންގައި އުމްރާ އަށް ގެންދަނީ

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ބައެއް މީހުން ސައޫދީ އަރަބިއްޔާ އަށް ގެންދިޔަ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އުމްރާ އަށް ވެސް މީހުން ގެންދަން ނިންމައިފި އެވެ.

އެ އެއާލައިން އޮރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މި މަހުގެ ފަހުކޮޅު ޢުމްރާ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މުޅި އަހަރަށް ބަހާލައިގެން ޢުމްރާ ދަތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

މޯލްޑިވިއަނުން ބުނީ ޢުމްރާ ދަތުރުތައް ބާއްވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުންޏަކަށް ކަމަށެވެ. އެގޮތުން މޯލްޑިވިއަނުން ޙައްޖު ކޯޕަރޭޝަނަށް ކޮށްދޭ ޢުމްރާ ދަތުރުތައް އޮންނާނީ މި މަހުގެ 22 އާއި 27 ގަ އެވެ.

މޯލްޑިވިއަނުން ޢުމްރާ ދަތުރު ކުރާނީ ވައިޑް-ބޮޑީ ބޯޓުގަ އެވެ.