އާ ބަޔަކު ބޮލީވުޑަށް ތައާރަފު ކުރަން މި މަހު ގެނެސްދޭން ނިންމާފައިވާ ފިލްމު 'ސައްޔާރާ' ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ މި ލޯބީގެ މިއުޒިކަލް އިން ތައާރަފު ކުރަނީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އެވެ.
އަހާން އަކީ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިންއެކެވެ.
މި މަހުގެ 18 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ސައްޔާރާ ގެ ޑައިރެކްޓަރަކީ މޯހިތު ސޫރީ އެވެ. މިއީ ވައިއާރްއެފަށް އޭނަ ހެދި ފުރަތަމަ ފިލްމެވެ. 'ޒެހެރް' އާއި އާޝިގީ 2' އާއި 'އޭކް ވިލަން' ގެ އިތުރުން 'މަލަންގް' ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން މޯހިތުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ 'އޭކް ވިލަން ރިޓާންސް' އެވެ.