ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމައި، މިއަދު ރަސްމީކޮށް އިފުތިތާޙިކޮށްފި އެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މާފަރު އެއާޕޯޓް ރަސްމީކޮށް މިއަދު އިފުތިތާހުކުރީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ ބޯޓުގެ ދަތުރަކާ ވެސް އެކީގަ އެވެ.
އެ އެއާޕޯޓް ބޭއްވި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، ޔޫއޭއިން ރާއްޖެ އަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ސެއިޚް ރަހްމާ އަބްދުލްރަޙްމާން ރަހްމާ އަބްދުލްރަޙްމާން އަލް ޝަމްސީއާއި، ޑިރެކްޓަ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް ހިސް އެކްސެލެންސީ މުޙައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް އިޔާސް ބައިވެރިވެވަޑައިގެންނެވި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރީ އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް މެދުވެރިކޮށް ޔޫއޭއީގެ އެހީތެރިކަމާ އެކީގަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން، 2،200 މީޓަރުގެ ރަންވޭއަކާއި، ޓާމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ތަރައްޤީކޮށްފައިވެ އެވެ. އަދި ފަޔަ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރާއި ޕެސެންޖަ ޖެޓީ ވެސް ގާއިމުކޮށްފައިވެ އެވެ.
މާފަރު އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 23، 2018ގަ އެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ކޮމާޝަލް ދަތުރުތައް ފެށީ ޑިސެމްބަރު 1، 2019 ގަ އެވެ.
މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭ އަށް 650 މީޓަރު އިތުރުކޮށް ފުޅާކޮށް، ބޮއިންގ 777-އީއާރް300 ފްލައިޓް ޖެއްސޭ ގޮތަށް ތަރައްޤީކޮށްފައިވެ އެވެ. އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާއި ރަންވޭގެ އެއާފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.
ދެވަނަ ފިޔަވަހި ހިމެނޭ ހުރިހާ މަސައްކަތްތައް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.
މި މަޝްރޫޢުގެ ދެ ފިޔަވާހިގެ މަސައްކަތަށް އަބޫދާބީ ފަންޑުން 76 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ އެހީ ދީފައިވެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއަޕޯޓް ހިންގަނީ މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިންނެވެ. ށް ބޮޑެތި ކުރިއެރުންތައް ގެންނަމުންދާ މަޝްރޫޢުއަކަށެވެ.