Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފޮނަދޫގައި ޕޯޓާއި ބަންކަރިން ހިދުމަތަށް ބަޔަކު ހޯދަނީ

ލ. ފޮނަދޫގައި ޕޯޓާއިދި ބަންކަރިން ހިދުމަތް ދޭނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަޑް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އީއޯއައި ހުށަހަޅާނީ މި [email protected] މެއިލް މެދުވެރިކޮށެވެ.

ފޮނަދޫގައި ޕޯޓާއި ބަންކަރިން މަޝްރޫއުގެ ދަށުން ތެޔޮ ރައްކާކުރާ ތަނަކާއި، އޮފްޝޯ ނުވަތަ ފްލޯޓިން ޓޭންކްގެ އިތުރުން މެރިން ސަޕޯޓަށް ބޭނުންވާ ތަންތަން އިމާރާތްކުރަން ޖެހޭނެ އެވެ. އަދި މަޝްރޫއުގެ ދަށުން ޕޯޓަށް ޓްރާންސިޓްކުރާ ކަނޑު އުޅަނދުތަކަށް ތެލުގެ ހިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ޔޫޓިލިޓީސް އާއި ސާވިސް ފެސިލިޓީސް ވެސް ގާއިމުކުރަން ޖެހެ އެވެ.