އއ. މަތިވެރީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މަތިވެރި ފިނޮޅުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
އެ ރަށު ކައުންސިލުން ވަނީ މި މަޝްރޫއު ކުރިއަށް ގެންދަން ޝައުގުވެރިވާ އިންވެސްޓަރުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް ބީލަން ހުށަހެޅޭނެ އެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 75،000ރ. އެވެ.
މަތިވެރި ފިނޮޅުން ޓޫރިޒަމަށް ހާއްސަކޮށްފައި ވަނީ 4.411 ހެކްޓަރެވެ.
ދެހާސް ތޭވީހުުގައި މަތިވެރި ކައުންސިކްގެ އިހުތިސާސްގެ ތެރޭގައި ހިމެނި، މަތިވެރި ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް 2014 ގައި ބަޔަކަށް ދޫކުރިއެވެ. ނަމަވެސް އޭރު އެ ރަށް ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ހަމަޖެއްސުމަށް ރަށުގެ ރައްޔިތުން އެދެމުން، ސަރުކާރުން ވަނީ މަތިވެރީގެ އިޙްތިޞާސްގެ ތެރޭގައި އެރަށް ހިމަނައިފަ އެވެ.
މަތިވެރި އަކީ މިހާރު ވެސް ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ.